Last Updated: July 17, 10:59
Friday, July 17, 2026
ދުނިޔެ

ޑޮކްޓަރުން މަދުކަމުން ޑޮކްޓަރުން އިހުތިޖާޖަށް

ދެކުނު ކޮރެއާގައި ޑޮކްޓަރުންގެ އަދަދު މަދުވެ އެކަމުގެ ގޮންޖެހުންތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ ޑޮކްޓަރުން އިތުރުކުރަން ސަރުކާރުން މަސައްކަތްކުރަން ގޮވާލައި ޑޮކްޓަރުންތަކެއް އިހުތޖާޖު ކުރަން ފަށައިފި އެވެ.

އެގޮތުން އިއްޔެ ފެށި އިހުތިޖާޖުގައި އެކިއެކި ތަންތަނުގައި މަސައްކަތްކުރަމުން އައި ދާއިމީ ޑޮކްޓަރުންނާއި އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި 6،415 އަށް ވުރެ ގިނަ ޑޮކްޓަރުން އިސްތިއުފާ ދީފައިވެ އެވެ. ދެކުނު ކޮރެއާ އަކީ އޯގަނައިޒޭޝަން ފޯ އިކޮނިމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ޑޮކްޓަރުން އެންމެ މަދު އެއް ގައުމެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދެކުނު ކޮރެއާގައި ކޮންމެ 1،000 މީހަކަށް ތިބެނީ 2.5 ޑޮކްޓަރުންނެވެ. މިއީ މި ނިސްބަތް މެކްސިކޯ ފިޔަވައި ދެވަނަ އަށް އެންމެ ދަށް ގައުމެވެ.

ޑޮކްޓަރުންގެ ތާށިކަން ކުރިމަތިވެފައިވާތީ ދެކުނު ކޮރެއާގެ ސަރުކާރުން އަންނަނީ މެޑިކަލް ސްކޫލްތަކުގައި ކިޔަވަން ދޭ ފުރުސަތުތައް އިތުރުކޮށް، ޒުވާން ޑޮކްޓަރުން ހިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

ހިދުމަތް ދޭން ތިބި ޑޮކްޓަރުންގެ އަދަދު މަދުވެ، އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތަކާ ހެދި ޑޮކްޓަރުން އިހުތިޖާޖު ކުން ފެށުމާ ގުޅިގެން ސަރުކާރުން ވަނީ 1،000 ޖޫނިއާ ޑޮކްޓަރުން ހިދުމަތަށް ނުކުންނަން ވެސް އަންގައިފަ އެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ދެކުނު ކޮރެއާގައި ސިއްހީ ހިދުމަތް ވަރަށް ފުޅާކޮށް ދެމުން އަންނަ އިރު އެ ގައުމުގެ 90 ޕަސެންޓް ހޮސްޕިޓަލްތަކަކީ ޕްރައިވެޓް ހޮސްޕިޓަލްތަކެވެ. ދެކުނު ކޮރެއާގެ އާބާދީ 52 މިލިއަނަށް ވުރެ ބޮޑެވެ.