Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ މިދިލިމަގުން ދުއްވާފައިދިޔަ ކާރެއް، ސޯލާޕެނަލްތައް ހަރުކުރުމަށް ޖަހާފައިހުރި ހޮޅިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 08:45 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވި ޑްރައިވަރަށް އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާއަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.