Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އެމްއެންޕީގެ ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ނިސްބަތްވާ ސްޓޭޓް މިނިސްޓަރަކު މަގާމުން ވަކިކޮށްފި އެވެ.

ވަކި ސަބަބެއް ހާމަނުކޮށް މަގާމުން ވަކިކޮށްފައި ވަނީ އެގްރިކަލްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ހުސައިން އިސްމާއީލެވެ. އޭނަ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ވަކިކުރި ސަބަބެއް ރައީސް އޮފީހުން އަންގާފައި ނުވާކަމަށާއި އެކަމަކު ވަކިކުރިކަން އެންގި ސިޓީގައި ބުނެފައ ވަނީ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ވަކިކުރީ ކަމަށް ބުނެފައިވާ ކަމަށެވެ.

ހުސައިން މަގާމުން ވަކިކުރި އިރު، އެގްރިކަލްޗަ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ދާދި ފަހުން ކެންސަރަށް ފަރުވާ ހޯއްދަވަން ރާއްޖެ އިން ބޭރަށް ވަޑައިގެން އުޅުއްވި އިރު، މިނިސްޓްރީ ހިންގެވުމުގައި އިސްމާއީލް އިސް ދައުރެއް އަދާކުރެއްވި އެވެ.

އޭނަ އަކީ ކާނަލް މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އެމްއެންޕީގެ ނައިބު ރައީސެކެވެ.