Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

މޯލްޑިވިއަނަށް އިތުރު ބޯޓްތަކެއް ގެންނަނީ

ގައުމީ އެއާލައިން މޯލްޑިވިއަނަށް އޭޓީއާރު މަރުކާރުގެ އިތުރު ދެ މަތިންދާބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކީ ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ އެއާޝޯގެ ތެރެއިންނެވެ. އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

މޯލްޑިވިއަންއަށް ގެނައުމަށް ނިންމާފައި ވަނީ އޭޓީއާރު 42-600 މަރުކާގެ މަތިންދާބޯޓްތަކެވެ. މި އަހަރުގެ ފަހުކޮޅު ގެންނަ އެ ދެ ބޯޓާ އެކީ މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭޓީއާރު މަރުކާގެ ބޯޓުތަކުގެ އަދަދު 7 އަށް އަރާނެ އެވެ.

މޯލްޑިވިއަނުން އަންނަނީ އުދުހުންތަކުގައި ވައިޑް ބޮޑީ މަތިންދާބޯޓް ބޭނުން ކުރަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ބޮއިން 8-787 މަރުކާގެ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފައިވެ އެވެ.