Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

އިންޑިއާއިން ފިޔާ ގެންދާ ލިސްޓުގައި ރާއްޖެ ނެތް

އަވައްޓެރި އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނޭކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިސެމްބަރު މަހުން ފެށިގެން އިންޑިއާްއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ފަހު އަލުން އެކްސްޕޯޓު ކުރާ އިރު އަވައްޓެރި ގައުމުތަކަށް ސަރުކާރުން ދޭ ހާއްސަ ކޯޓާގެ ދަށުން ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތެވެ. އިންޑިއާއިން އަލަށް އާއްމުކުރި ލިސްޓުގައި ހިމެނެނީ ސްރީލަންކާ، ބަންގަލަދޭޝް މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލްއެވެ.

އިންޑިއާއިން މިހާތަނަށް އެގައުމުން ފިޔާ އެކްސްޕޯޓު ކުރުން މެދުކަޑާލާ ކޮންމެ ފަހަރަކުވެސް އަވައްޓެރި ގައުމުތަކަށް ވަކި ހާއްސަ ކޯޓާއެއްގެ ދަށުން ފިޔާ ދޫކުރެއެވެ. ނަމަވެސް މި ފަހަރު ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭއިރު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކުރިއަށް ރަމަޟާން މަސް އޮތުމާއި އެކު އިންޑިއާއިން ފިޔާ ނުލިބިއްޖެނަމަ ފިޔާގެ އަގު ބާޒާރުގައި ބޮޑުވެގެން ހިނގައިދާނެއެވެ. ފިޔާ އަކީ ރަމަޟާން މަހު އެންމެ ޑިމާންޑު ބޮޑުވާ އެއް ބާވަތެވެ.