Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ޒުހޫރު އެޗްޑީސީގެ ޗެއާމަނަކަށް

ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ޕީބީސީ) ބުނީ އޭނަ އެ މަގާމަށް އައްޔަންކުރީ ހޯމަ ދުވަހު ކަމަށެވެ.

ޒުހޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަމުގެ އިތުރުން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ރައީސް އޮފީހުގެ މިނިސްޓަރުކަމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އޭނަ އަދާކުރެއްވި އެވެ.

އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް މުހައްމަދު ރަޝީދެވެ.