Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

"ހުތުރު" ވައްތަރު ޖެއްސި މީހާ ހައްޔަރުކޮށްފި

އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލައިގައި ހޯދަންފެށި މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ހެނދުނު ބުނެފައިވަނީ މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެމީހާ ދެނެގަނެވި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާއަކީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަގޮތުން އެމީހާވަނީ ޕިކްޕްގެ ފަހަތުގައި އިނދެގެން އަތުންނާއި އަނގައިން ބޭއަދަބީ އިޝާރާތްތަކެއްކޮށް، މަގުމަތިން ދިޔަ ބަޔަކާ ދިމާއަށް ވައްތަރު ޖައްސާފައެވެ.