Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ކިނޮޅޮހު ގޮނޑުދޮށް ހިމާޔަތް ކުރަން ފަށައިފި

ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ. ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު އެ ރަށުގައެވެ.

މަޝްރޫއު އިފްތިތާޙުހު ކޮށްދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހުމަދު ލަތީފް.

މި މަޝްރޫއުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 11.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.