ސިހުރާއި ހާހޫރައިގެ ސަބަބުން އަޖޭ ދޭވްގަންގެ އާއިލާ އަށް ކުރިމަތިވާ ބޮޑު ހާޖާނުގަނޑެއް ދައްކުވައިދޭ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ނޭވާ ހިފަހައްޓާކަން ޖެހޭ ކަހަލަ ގިނަ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ މިދިޔަ އަހަރު "ގަނަޕަތު" ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ޝައިތާން" ގެ ކާސްޓްގައި ދެކުނު ބަތަލާ ޖޯތިކާ އާއި އާރް މާދްވަން ހިމެނެ އެވެ. މި ފިލްމަކީ މިދިޔަ އަހަރުގެ ކާމިޔާބު ގުޖުރާތީ ފިލްމު "ވަޝް" ގެ ރިމޭކެކެވެ.
އަންނަ މަހުގެ 8 ގައި ރިލީޒްކުރާ "ޝައިތާން" އަކީ މި އަހަރު ބެލުންތެރިންނާ ހަމައަށް އަންނަ އަޖޭގެ ފުރަތަމަ ފިލްމެވެ.