Last Updated: June 13, 13:15
Saturday, June 13, 2026
ޚަބަރު

އައިޔޫއެމާއި އެގްރިކަލްޗަ މިނިސްޓްރީން އެއްބަސްވުމަކަށް

އިސްލާމިކް ޔުނިވަސިޓީ އާއި އެގްރިކަލްޗަ މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާ ކުރުމަށާއި އިލްމީ ދިރާސާތައް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.