Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މަރުހޫމް ވިޝާމްގެ ހަނދާނުގައި އެވޯޑެއް ދެނީ

މިދިޔަ މަހު އަވަހާރަވި ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް އިސްމާއިލް ވިޝާމްގެ ހަނދާނުގައި "އިސްމާއިލް ވިޝާމް އަޕް-އެންޑް-ކަމިން ލޯޔާ" އެވޯޑެއް ތައާރަފުކޮށްފި އެވެ.

މި އެވޯޑު ތައާރަފުކުރީ ވިޝާމްގެ ހަނދާނުގައި އިއްޔެ ބޭއްވި ތައުބީނުގެ ޖަލްސާގަ އެވެ. އެ ޖަލްސާގައި ބާ ކައުންސިލުން ވަނީ ކައުންސިލުން އަރުވާ އެންމެ މަތީ ދަރަޖައިގެ ރިކޮގްނިޝަން އެވޯޑް، "އެކްސްޓްރާއޯޑިނަރީ ސާވިސް އެވޯޑް" ވެސް ވިޝާމް އަށް އަރުވައިފަ އެވެ.

އޭނަ އަވަހާރަވީ މިދިޔަ މަހުގެ 31 ގަ އެވެ. ބާ ކައުންސިލުގެ ރައީސްކަމަށް ވިޝާމް އައްޔަންކުރީ ޖެނުއަރީ 12، 2022 ގަ އެވެ. އޭނަ އަކީ ކުރިން ކުރީގެ ރައީސް ޓާނީ ޖެނެރަލްގެ ނައިބުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ވިޝާމްމަކީ ކުޅިވަރުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ގުޅިގެން މަސައްކަތްތައް ކުރެއްވި އެވެ. އަދި ރާއްޖޭގެ މަޝްހޫރު ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކީ މަސައްކަތްކުރެއްވި އެވެ.