Last Updated: May 1, 00:08
Tuesday, April 30, 2024
ޚަބަރު

ތެލަސީމިއާ އިތުރު ޓެސްޓްތަކެއް އާސަންދައިން

ތެލަސީމިއާ ބައްޔާ ގުޅުންހުރި އިތުރު ޓެސްޓްތަކެއް އާސަންދަ މެދުވެރިކޮށް ހެދޭނެ ގޮތް ހަމަޖައްސައިފި އެވެ.

އާސަންދަ ކުންފުނިން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ހަފުތާ 14" ގެ މަގުޗާޓުގައި ހިމަނާފައިވާ، ތެލަސީމިއާ ގުޅުންހުރި ޓެސްޓްތައް އާސަންދަ މެދުވެރިކޮށް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވައުދުގެ ދަށުން، ތެލަސީމީއާ އާއި ގުޅުންހުރި ޑީއެންއޭ ޓެސްޓާއި އެމްއާރްއައި ޓީ2 ސްޓާ ޓެސްޓް އާސަންދަ މެދުވެރިކޮށް މިހާރު ހެދޭނެ ކަމަށެވެ.

އެގޮތުން ޑީއެންއޭ ޓެސްޓް ހެދޭނީ ފެމެލީ ޕްލޭނިންގ ސެންޓަރު (ޝީ) އިން ކަމަށާއި ޓީ2 ސްޓާ ޓެސްޓް ހެދޭނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށް އާސަންދައިން ބުންޏެވެ.

ތެލަސީމިއާ އަކީ ކުދިންނަށް ސަރުކާރުން މިހާރު އަންނަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ރާއްޖެ އިން ބޭރުން ހިލޭ ހެދުމުގެ ފުރުސަތު ވެސް ދެމުންނެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް ތިން ކުއްޖަކު ފަރުވާ އަށް ފޮނުވާފައިވެ އެވެ. އަދި ޒަކާތު ފަންޑްގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ފަރުވާ އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.