Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ކްރޫ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

ތިން ބަތަލާ އަކު ކެބިން ކްރޫއިންގެ ރޯލު ކުޅެފައިވާ ބޮލީވުޑްގެ ފިލްމު "ކްރޫ" ގެ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.

ވަކިވަކިން ނެރުނު ޕޯސްޓަރުތަކުގައި ހިމެނެނީ ކަރީނާ ކަޕޫރާއި ތައްބޫގެ އިތުރުން ކްރިތީ ސެނަން އެވެ. މި ތިން ތަރިން ވެސް "ކްރޫ" ގައި ފެންނާނީ ވަރަށް ގްލެމަރަސް ކެބިން ކްރޫންގެ ރޯލުންނެވެ.

އަންނަ މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ކަރީނާ މުހިއްމު ރޯލެއް ކުޅުނު 2018 ގެ ކާމިޔާބު ފިލްމު "ވީރޭ ދީ ވެޑިން" ގެނެސްދިން އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ރިއާގެ ބައްޕަ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް އޭނަގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް "ކްރޫ" ގެ ޕޯސްޓަރުތައް ޕޯސްޓްކޮށްފައިވެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަން އެވެ. މީގެ ކާސްޓުން ފަގުޑި އެޅި އެކްޓަރު ދިލްޖީތު ދޮސަންޖާއި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ވެސް ފެންނާނެ އެވެ.

ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ "ކްރޫ" ގެ ޓްރެއިލާ އަށް އިންތިޒާރު ކުރަމުންނެވެ.