Last Updated: July 17, 06:30
Friday, July 17, 2026
ދުނިޔެ

ޗާލްސް އެދިވަޑައިގަންނަވަނީ ހިތްވަރު ދިނުމަށް

ކެންސަރަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިރު އެދިވަޑައިގަންނަވަނީ އާންމުންގެ ފަރާތުން ހިތްވަރުގެ ބަސްތަކަށް ކަމަށް އިނގިރޭސި ރަސްގެފާނު ޗާލްސް ވިދާޅުވެއްޖެ އެވެ.

ޗާލްސް އަށް ކެންސަރު ޖެހުނުކަން އިއުލާންކުރި ފަހުން ވަރަށް ގިނަ ބައެއްގެ ފަރާތުން ހެޔޮދުއާގެ ސިޓީތަކާއި ކާޑުތައް ލިބިފައިވެ އެވ. އެގތުން މިހާތަނަށް 7،000 ވުރެ ގިނަ އެފަދަ ތަކެތި ލިބިފައިވާ އިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކެންސަރާ ހަނގުރާމަކުރި މީހުންނާއި ކުޑަކުދިންގެ މެސެޖްތަކެވެ.

އާންމުންގެ ފަރާތުން ލިބެމިން އަންނަ ލޯތްބާއި ހެޔޮދުއާތަކަށް ޝުކުރު އަދާކުރައްވައި ރަސްގެފާނު އިއްޔެ ނެރުއްވި ބަޔާނެއްގައި އާންމުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި އއެވެ. އޭގައި ޗާލްސް ވިދާޅުވީ މި ދަނޑިވަޅުގައި އާންމުންގެ ފަރާތުން އެންމެ ބޮޑަށް އެދިވަޑައިގަންވަނީ ހިތްވަރު ދެއްވުމަށާއި އެފަދަ ބަސްތަކަށް ކަމަށެވެ.

ޗާލްސް ވިދާޅުވީ މިހާތަނަށް ވަރަށް ގިނަ ބައެއްގެ ފަރާތުން އެފަދަ މެސެޖްތައް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމަށެވެ.

އުމުރުން މިހާރު 75 އަހަރުގެ ޗާލްސް އަށް ކެންސަރު ޖެހިފައިވާކަން ޝާހީ އާއިލާ އިން އިއުލާންކުރީ މި މަހުގެ 6 ގަ އެވެ.