އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލައިގައި ހައްޔަަރުކުރި މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.
މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބްރުއަރީ 22 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ތަހްޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.