ލ. ގަމުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ލ. ގަމު މަތިމަރަދޫ ފޮއްތޭހަޓް އިރުމަތީފަރާތު ގޮނޑުދޮށުން ހަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ.
އެމީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މަރުވެފައި އޮށްވާ ފެނިފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.