ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ހޯރަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ހޯރަފުއްޓަށެވެ. ހޯރަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.
މިދަތުރުފުޅުގައި ރައިސް މުއިއްޒު އެ ރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
— The President's Office (@presidencymv) February 24, 2024
ރައީސް މުއިއްޒު ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅަކީ ހަ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޒިޔާރާތް ކުރައްވާ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައިވަނީ އައްޑޫސިޓީ، ފުވައްމުލައްސިޓީ، ގދ އަދި ގއ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ޒިޔާރާތްކުރައްވާފައެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ރައިސް އޮފީހުން މައުލޫމާތުދެއެވެ.