Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

މި ފިލްމުން ކެބިން ކްރޫއިންގެ ލައިފްސްޓައިލް

ތިން އަންހެން ކެބިން ކްރޫންގެ ލައިފްސްޓައިލް ދައްކުވައިދޭ ބޮލީވުޑްގެ ފިލްމު "ކްރޫ" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ކަރީނާ ކަޕޫރާއި ކްރިތީ ސެނަންގެ އިތުރުން ތައްބޫ ވަރަށް ގްލެމަސް ރޯލުތަކުން ފެންނާނެ މި ފިލްމުގެ ޓެގް ލައިނަކީ "ރިސްޓް އިޓް، ފޭކް އިޓް، ސްޓީލް އިޓް" އެވެ. ފިލްމުގައި ތިން ކުޅެފައި ވަނީ "ކޮހިނޫރު" ކިޔާ އެއާލައިނެއްގެ ކެބިން ކްރޫންތަކެއްގެ ރޯލެވެ. ޓިޒާ އިން ފެންނަ ގޮތުގައި "ކްރޫ" އަކީ ވަރަށް ޝައުގުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ އަދި ބެލުންތެރިން ހެއްވައިލާނެ ކަހަލަ ފިލްމަކަށް ވާނެ އެވެ.

ރާޖޭސް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދިން މިދިޔަ އަހަރުގެ "ތޭންކް ޔޫ ފޯ ކަމިން" އާއި 2018 ގެ "ވީރޭ ދީ ވެޑިން" ގެނެސްދިން އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަ "ކްރޫ" ގެ ރޯލަކުން ދިލްޖީތު ދޮސަންޖްގެ އިތުރުން ހާއްސަ ފެނިލުމަކުން މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ވެސް ފެންނާނެ އެވެ

ފިލްމުގެ ޓީޒާއިން ފާހަގަކޮށްލެވުނު ހާއްސަ އެއް ކަމަކީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ޗޯލީ ކީ ޕީޗޭ" ޓީޒާ އިން އަޑު އިވެމުން ދިއުމެވެ. އެހެންވެ އެ ލަވައިގެ އާ ވާޝަނެއް މި ފިލްމުން ފެންނާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެ އެވެ. އެ ލަވަ އަކީ ޑައިރެކްޓަރު ސުބާޝް ގާއީގެ 1993 ގެ ފިލްމު "ކަލްނަޔަކް" ގައި މަދޫރީ ޑިކްސިޓްގެ ނެށުންތަކެއް ފެނިގެން ދިޔަ ލަވައެކެވެ.