Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަނީ

ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައު ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި މިއަދު ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ދެތިން ހަފްތާ ތެރޭގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ދުނިޔޭގެ ގަދަ 10ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

"އެކަން އެހިސާބަށް ދިޔައިމަ ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި އަޅުގަނޑުމެން އުއްމީދު މި ކުރަނީ ޖުލައި މަސް ނިމުމުގެ ކުރިން މިތާ އެ ވިޔަފާރި ފަށައިގަނެވޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތް ފެށުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް ވަންނަ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ.

"ފޮރިން ކަރަންސީ، ފޮރިން އެކްސްޗޭންޖަށް ވަރަށް ބޮޑު އީޖާދީ ދޮރެއް ހުޅުވިގެން އެދަނީ" ސައީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ގާއިމްކުރަން ނިންމާފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމަށް އެސްޓީއޯއިން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސަރުކާރުގަ އެވެ.

ނަމަވެސް ކއެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާ މެދު ވަކި ގޮތެއް މި ސަރުކާރުން އަދި ނުނިންމާ ކަމަށް ސައީދު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.