Last Updated: July 17, 06:30
Friday, July 17, 2026
ދުނިޔެ

ޗައިނާގެ ފްލެޓް ޓަވަރެއްގައި ރޯވެ 15 މަރު

ޗައިނާގެ ފްލެޓް ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގިނަ އަދަދެއްގެ އެޕާޓްމަންޓްތައް ހިމެނޭ މި ޓަވަރަކީ އިރުމަތީ ޗައިނާގެ ނަންޖިން ސިޓީގެ އިމާރާތެކެވެ. ޓަވަރުގެ އެންމެ ތިރީގައި ރޯވި އަލިފާންގަނޑު ޓަވަރުގެ އެކި ހިސާބުތަކަށް ފެތުރި މިހާތަނަށް 15 މީހަކު މަރުވެފައިވާކަން ކަމާބެހޭ އޮފިޝަލުން ކަށަވަރުކޮށް ދީފައިވެ އެވެ.

މި ހާދިސާގައި އެކި ވަރުގެ ގެއްލުންތައް ލިބުނު މީހުންގެ އަދަދު 40 އަށް ވުރެ ގިނަ އެވެ. އެ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ އިރު އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޓަވަރުގައި ރޯވި ހާފިސާއާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި 130 ފަޔަފައިޓަރުން ހަރަކާތްތެރިވ އެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ އިރު، މި ހާދިސާ ހިނގި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ޓަވަރުގެ ތިރީގައި އަލިފާން ތަނަކީ އިލެކްޓްރިކް ސައިކަލްތަކެއް ބަހައްޓާފައި ހުރި ތަނެއްކަމުން ރޯވާން ދިމާވީ އެ އެއްޗެހީގެ ސަބަބުން ކަމަށް ލަފާކޮށްފައިވެ އެވެ.

މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ސްކޫލެއްގައި ވެސް ރޯވެ 13 މީހަކު މަރުވެފައިވެ އެވެ.