Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ފޭކު މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ މި އެސްއެމްއެސްގައި ބުނެފައިވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓް ލިމިޓްވެފައިވާ ކަމަށެވެ. އަދި އެކައުންޓް ރި-އެކްޓިވޭޓްކުރުމަށް މެސެޖުގައިވާ ލިންކަށް ފިއްތުމަށް ބުނެފައިވެ އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވާ ފޭކު މެސެޖުގެ ސްކްރީންޝޮޓެއް

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ބުނީ އެ ބޭންކުން އެއްވެސް ލިންކަކާއެކު އެސްއެމްއެސް ނުފޮނުވާނެ ކަމަށެވެ. މިފަދަ ލިންކްތަކަށް ނުވަނުމަށާއި އިންޓަނެޓް ބޭންކިންގެ ލޮގިން މައުލޫމާތު އެއްވެސް މީހަކަށް ނުދިނުމަށްވެސް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.