Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ޒޯން ޗެމްޕިއަންކަން ހިތަދު އަށް

ދަނޑިމަގު 1-4 އިން ބަލިކުރުމަށްފަހު ގޯލްޑެން ފުޓްސަލް މުބާރާތުގެ ޒޯން 7 ގެ ޗެމްޕިއަންކަން އައްޑޫ ސިޓި ހިތަދޫން ހޯދައިފި އެވެ.

މިރޭ ކުޅުނު ފައިނަލް މެޗުގައި ހިތަދޫ ޓީމުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ އާއި މުހައްމަދު ސަބާހު މަންސޫރު އެވެ. ދަނޑިމަގު ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސާދް ނިޒާރު އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އަދި ޒޯން 7 ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ ޓީމުގެ ހާޒިމް ފައުޒީ އެވެ.

ހިތަދޫ އިން ޒޯން 7 ގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ އެޓީމުން މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި 129 ޓީމު ބައިވެރިވެފައިވާއިރު، މި ޓީމުތަކުން ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ތަރިންތަކެއް ވެސް އަންނަނީ ފެންނަމުންނެވެ.