Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ކިނބުލާ ސިފައިން ހަވާލުވެއްޖެ

ށ. އަތޮޅުގެ ފަޅުރަށަކަށް ދަތުރު ދިޔަ ބަޔަކު އިއްޔެ ހިފި ބޮޑު ކިނބުލާ ސިފައިން ހަވާލުވެއްޖެ އެވެ.

ގާތްގަނޑަކަށް 12 ވަރަކަށް ފޫޓް ހުރި މި ކިނބޫ ފެނުނީ ފަރުކޮޅު ރަށަކުންނެވެ. އެ ކިނބޫ ހިފާފައި ވަނީ ފުލުހުންގެ ވެސް އެހީތެރިކަމާ އެކީގަ އެވެ.

އެމްއެންޑީއެފުން ބުނީ ކިނބޫ މިހާރު އޮތީ އެތަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެނިފައިވެ އެވެ. ނަމަވެސް މިއީ ރާއްޖޭގައި އުޅޭ އެއްޗެއް ނޫނެވެ.