Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އެމްޓީއޭގެ ނަމުގައި ޖަމިއްޔާއެއް އިފުތިތާހުކޮށްފި

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ނަމުގައި ޖަމިއްޔާ އިފުތިތާހުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޖަމިއްޔާ ރޭ އިފިތިތާހުކޮށް ދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

އެމްޓީއޭ އަކީ ޖަމިއްޔާއަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގައި އެއްބާރުލުންދީ، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން ވިޔަފާރިވެރިންގެ މަސްލަހަތުގައި ވަކާލާތު ކުރުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެކެވެ. މުހިންމު މަގްސަދުގައި އުފެއްދި ޖަމިއްޔާއެކެވެ.

އެގޮތުން ޖަމިއްޔާ އިން ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާ ގުޅުވައި ދިނުމަށް މަސައްކަތްކޮށް، ވިޔަފާވެރިންނަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތައް ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ ހަމައަށް ގެންގޮސް ދޭނެ އެވެ. މީގެ އިތުރުން ވިޔަފާރިވެރިންގެ ހައްގުގައި އަޑު އުފުލުމުގެ އިތުރުން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވެސް ދިވެހި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަށް އެމްޓީއޭ އިން މަސައްކަތް ކުރާނެ އެވެ.