އާތު އަވާ ފާހަގަ ކުރުމަށްޓަކައި މިރޭ 20:30 އިން 21:30 އަށް އައްޑޫ ސިޓީގެ އަވަށް ތަކުގެ ބޮޑެތި މަގުތަކުގެ މަގުބައްތި ތައް ނިއްވާލާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މޭޔަރ ސޯބެ ވިދާޅުވި ގޮތުގައި އާތު އަވާ ފާހަގަ ކުރުމަށްޓަކައި މަގުބައްތި ނިވާލާ ގޮތަށް ކައުންސިލުން ނިންމާފައިވާ ކަމަށާޢި މިހާރު އެކަމަށް ފެނަކަ ކޯޕަރޭޝަނުގައި އެދެވިފައިވާ ކަމަށެވެ.
އާތު އަވާ އަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް މީހުން ހޭލުންތެރިކޮށް، އެކަން ހުއްޓުވުމަށް މަސައްކަތްކުރުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހު ބާއްވަމުން އަންނަ ހަރަކާތެކެވެ.