ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ވަށަފަރަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނުގެ ބައްޕާފުޅުގެ ރަށް، ވަށަފަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގައެވެ. އަދި ވަށަފަރުގެ ގިނަ ރައްޔިތުންވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ. ވަށަފަރަށް ވަޑައިގެންނެވުން pic.twitter.com/lPfcTCk58c
— The President's Office (@presidencymv) February 25, 2024
ރައީސް މުއިއްޒު ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅަކީ ހަ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޒިޔާރާތް ކުރައްވާ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައިވަނީ އައްޑޫސިޓީ، ފުވައްމުލައްސިޓީ، ގދ އަދި ގއ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ޒިޔާރާތްކުރައްވާފައެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ރައިސް އޮފީހުން މައުލޫމާތުދެއެވެ.