Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

"ސްކޭން ޓު ޕޭ" އިން ބޮޑެތި އިނާމުތަކެއްގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސްގެ "ސްކޭން ޓު ޕޭ" ބޭނުންކޮށްގެން ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްގެ މޯބައިލް އެޕް ގައި ހިމެނޭ "ސްކޭން ޓު ޕޭ" ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޭޕްރިލް 20 ގެ ނިޔަލަށެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މި ޕްރޮމޯޝަންގެ މުއްދަތުގައި 8 ހަފްތާއަށް ބަހާލައިގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި އިނާމުތަކުގެ ތެރޭގައި ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ، ހިޓާޗީ އައިސްއަލަމާރި، ޕްލޭސްޓޭޝަން 5 ، މައިކްރޯވޭވް އަވަން އަދި އެއަރ ފްރައިއަރ ހިމެނެއެވެ.