Last Updated: April 29, 22:11
Tuesday, April 30, 2024
ޚަބަރު

ހިތަދޫ ޓީމު އައްޑޫ ހެއްވާލައިފި: ފަހުމީ

ސްޓެލްކޯ އެމްޑީ ފަހުމީ ޗެމްޕިއަން ހިތަދޫއާއި ތަށި ހަވާލު ކުރަނީ --

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ހިތަދޫ ޓީމު ހޯދި ކަމިޔާބީން މުޅި އައްޑޫސިޓީ ހެއްވާލާފައިވާ ކަމަށް އައްޑޫއަށް ސިޓީއަށް ނިސްބަތްވާ ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ޒޯން ޗެމްޕިއަންކަން މުބާރާރުތުގައި އަލަށް ވާދަ ކުރާ ހިތަދޫ ޓީމު ނެގީ، ފުވައްމުލަކުގެ ދަޑިމަގު ޓީމު ބަލި ކުރުމަށް ފަހު އެވެ. މި މެޗް ހިތަދޫ ޓީމުން ކާމިޔާބު ކުރީ 1-4 ލަނޑުންނެވެ. މި މެޗުގެ ޝަރަފުވެރި މެހެމާނަކަށް ވެވަޑައިގަތީ ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރުގެ ހައިސީއްޔަތުން ފަހުމީއެވެ.

މެޗަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވަނީ ޒޯން ޗެމްޕިއަންކަން ހޯދި ހިތަދޫ ޓީމަށް މަރުހަބާ ދަންނަވައި، އަދި ފުވައްމުލަކުގެ ދަނޑިމަގު ޓީމު ދެއްކި ކުޅުމާއި ހިއްވަރަށްވެސް މަރުހަބާ ދަންނަވާފައެވެ. ފަހުމީ ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ސަބަބުން އިޖްތިމާޢީ ގުޅުންތައް ރަންގަޅުކޮށްދޭ ކަމަށެވެ.

" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން ކުރިއަށް އޮތްތާނގައި މިފަދަ ޙަރަކާތްތަކަށް ސަރުކާރުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. " ފަހުމީ ވިދާޅުވިއެވެ.


ފަހުމީ އަކީ އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ ފަރާތެކެވެ. މިއާއެކު އައްޑޫއަށް ނިސްބަތްވާ ޓީމަކަށް މިފަދަ ކަމީޔާބީއެއް ލިބުމަކީ އޭނާވެސް ފަޙުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމުގައި ފާހަގަ ކުރިއެވެ. އަދި އެ ހުނަރުވެރި ކުޅުންތެރިން މިއަދު އައްޑޫސިީޓީ އެއްކޮށް ހެއްވާލާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އަދި ޒޯން 7 ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ ޓީމުގެ ހާޒިމް ފައުޒީ އެވެ.

މި ފަހަރުގެ މުބާރާތުގައި 129 ޓީމު ބައިވެރިވެފައިވާއިރު، މި ޓީމުތަކުން ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ތަރިންތަކެއް ވެސް އަންނަނީ ފެންނަމުންނެވެ.