Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

އެމްޕީއެލް ހުޅުމާލެ ބަ ނދަރު / ފޮޓޯ؛ އެމްޕީއެލް

ނިމުނު ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ކަސްޓަމްސްއިން މިއަދު ހާމަކުރި މިދިޔަ މަހުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރު ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 5.1 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރު ޖެނުއަރީ މަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ އަގު 173 މިލިއަނަށް އަރާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 31 އިންސައްތަ ދަށް އަދަދެކެވެ.

މި ޖެނުއަރީ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، އޮމާން، އިންޑިއާ، ޗައިނާ އަދި ސިންގަޕޯރު ފާހަގަ ކުރެވެއެވެ. އަދި ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރު ކުރި ގައުމުތަކުގެ ތެރޭގައި ތައިލޭންޑް، ޖަރުމަނު، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާ ފާހަގަ ކުރެވެއެވެ.