Last Updated: July 17, 06:30
Friday, July 17, 2026
ދުނިޔެ

އިޒްރޭލާ ދެކޮޅަށް އަމިއްލަ ގައިގައި ރޯކޮށްލައިފި!

ވޮޝިންޓަންގައި ހުންނަ އިޒްރޭލުގެ އެމްބަސީ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ވާގިދޭން ބޭނުން ނުވާ ކަމަށް ބުނެ އެމެރިކާގެ ވައިގެ އަަސްކަރިއްޔާގައި މަސައްކަތްކުރާ މުވްޒަފަކު އެމެރިކާގަައި ހުންނަ އިޒްރޭކުގެ އެމްބަސީ ކައިރީގައި އަމިއްލަ ގައިގައި ރޯކޮށްލި އެވެ.

އިޒްރޭލުގެ ޖަރީމާ ކުށްވެރިކޮށް އަމިއްލަ ގައިގައި އިއްޔެ ރޯކޮށްލުމުން ވަރަށް ބޮޑަށް ފިހުނު މީހާ އަށް މިހާރު އަންނަނީ ހޮސްޕިޓަލްަގއި ފަރުވާ ދެމުންނެވެ. އަދި އޭނަގެ އޭނަގެ ހާލު ވަރަށް ސީރިއަސް ކަމަށް މީޑިއާތަކުން ބުންޏެވެ،

ވޮޝިންޓަން ޑީސީގައި ހިންނަ އިޒްރޭލު އެމްބަސީ ކައިރީގައި އަމިއްލަ ގައިގައި ރޯކޮށްލި ހާދިސާއާ ގުޅިގެން އެމެރިކާގެ އެއާ ފޯސް އިން ބުނީ އެކަން ކުރީ ޑިއުޓީގައި ހުރި އެތަނުގެ މުވައްޒަފެއް ކަމަށެވެ. އޭނަގެ ނަމަކީ އާރޮން ބުޝްނެލް އެވެ.

އޭނަ ގައިގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައ އާންމުވެފައިވާ އިރު އޭގައި ފެންނަނީ ފަލަސްތީން މިނިވަން ކުރަން ގޮވައިލުމަށް ފަހު، ގަޔަށް ތެޔޮ އަޅައިގެން ރޯކޮށްލާ ތަނެވެ. އަދި އެއާ އެކީ އޭނަ ބިން މައްޗަށް ވެއްޓޭ ތަން ގެނެ އެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ މެންދުރު ފަހު ކަމަށް މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުން ބުންޏެވެ.

މިކަމާ ގުޅިގެން އިޒްރޭލު އެންމެބަސގެ ތަރުޖަމާނު ވިދާޅުވީ އެ ހާދިސާގެ ސަބަބުން އެމްބަސީ އަށް އަދި އެތަނުގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމަތަކާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުން އަންނަނީ އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މި ގަތުލުއާންމުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރު 30،000 އާ ގާތްކުރެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.