ސ. މީދޫ "މުލިމަތި ޔުނައިޑެޓް" ޖަމިއްޔާގެ ގެ ހިންގާ ކޮމިޓީ އަށް މެމްބަރުން އިންތިޚާބު ކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި އިންތިހާބުގައި ޖަމިއްޔާގެ ރައީސަކަށް މީދޫ ކަޅިހާރު އަބްދުﷲ ވަސީމާއި ނާއިބު ރައީސަކަށް މީދޫ ގްލޯރީ ސުޒާނާ އިންތިހާބްކޮށްފި އެވެ.
އަބްދުﷲ ސޯލިހާއި އަހުމަދު ފަރުހާދުގެ ބެލުމުގެ ދަށުން ރޭ ބޭއްވުނު މުލިމަތި ޔުނައިޓެޑްގެ އިންތިޚާބުގައި ޖަމިއްޔާގެ ސެކްސްޓްރީއަކަށް މީދޫ ކާމިނީވާދީ ސަދުފާ ހޮވިފައިވާ އިރު ޚަދާންދާރަކަށް ހޮވިފައި ވަނީ މީދޫ ގުލްފާވާދީ އާމާލެވެ.
މީގެ އިތުރަށް އިތުރު މެމްބަރުގެ ގޮތުގައި ހިންގާ ކޮމިޓީ އަށް ހޮވިފައި ވަނީ މީދޫ އިރަމާގޭ އިސްމާއީލްދީދީ އާއި މީދޫ ކަޅިހާރު ޝަފަގު ވަސީމެވެ.
މީދޫ މުލިމަތި ޔުނައިޓެޑް ރަޖިސްޓްރީވެގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ގިނަ ހަރަކާތްތަކެއް އެ ޖަމްއިއްޔާ އިން އިސް ނަގައިގެން މީދޫގައި ހިންގާފައިވާކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި ރަށުގެ ތާރީހީ "ކޯގަންނު ގަބުރުސްތާ" ހިމާޔަތް ކުރުމަށް ހާއްސަ މަސައްކަތްތަކެެއް ކުރުން ހިމެނެ އެވެ.