ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދާތީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހަސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ޖަލްސާތައް ބާއްވަންޖެހޭނެކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ މަޖިލީހުން ނިންމާންޖެހޭ އެތައް ބައިވަރު މަސައްކަތެއް ހުރި ކަމަށެވެ.
"ޖަލްސާތައް ނުބާއްވަން ޕީޖީ ލީޑަރުން މަޖިލީހުގެ ރައީސަށް ލަފައެއް ނުދެއްވޭނެ." ހަސަން ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ތިއްބެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ޖަލްސާތައް ބާއްވަންޖެހޭ. ޖަލްސާތައް ނުބާއްވަން ޕީޖީ ލީޑަރުން މ. ރައީސަށް ލަފައެއް ނުދެއްވޭނެ. މަޖިލީހުން ނިންމާންޖެހޭ އެތައް ބައިވަރު މަސައްކަތެއް އެބަހުރި. @aslamdp
— Hassan Latheef🎈 (@HassanLatheef) February 26, 2024
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ބާއްވަންޖެހޭއިރު، މިއަދުގެ ޖަލްސާވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.