Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ޕަންކަޖު އުދާސް މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަންޖަލް އުދާސް މަރުވެއްޖެ އެވެ.

ހާއްސަކޮށް ގަޒަލްތަކަށް މަޝްހޫރު ފަންނާނު އުމުރުން 72 އަހަރުގައި މިއަދު މަރުވިކަން އާއިލާ އިން އިއުލާންކުރީ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އޭގައި ބުނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއުޅުމަށް ޕަންކަޖް އުދާސް މަރުވެފައިވާ ކަމަށެވެ.

އޭނަ އަކީ 1980 އާއި 1990 ގެ ތެރޭގައި އާންމުންގެ ތެރޭގައި މަޝްހޫރު ފަންނާނެކެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ވެސް ލަވަ ކިޔާފައިވާ ޕަންކަޖް އުދާސް އެންމެ ހާއްސައީ މަޑުމައިތިރި، އަހާލަން ވަރަށް ފަސޭހަ ލަވަތަކަށް ހާއްސަ ފަންނާނެއްގެ ގޮތުގަ އެވެ.

ވަރަށް ގިނަ އަދަދެއްގެ އަލަބަމްތައް ވެސް ނެރެފައިވާ ފަންޖަކްގެ އެންމެ ފަހުން ނެރުނު އަލްބަމަކީ 2018 ގެ "ނަޔާބު ލަމްހޭ ވިތު ގުލްޒާރު" އެވެ.

ޕަންކަޖް ފިލްމުތަކަށް ކިޔާފައިވާ ލަވަތަކުގެ ތެރެއިން ޑައިރެކްޓަރު މަހޭޝް ބަޓްގެ 1986 ގެ ފިލްމު "ނާމް" ގެ "ޗިއްޓީ އާއީ ހޭ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.