Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ކުރީގެ މަޝްހޫރު ތަރި ޝާކިރުބެ ނިޔާވެއްޖެ

ކުރީގެ ފިލްމީތަރި އިބްރާހިމް ޝާކިރު (ޝާކިރުބެ) ރޭ ނިޔާވެއްޖެ އެވެ.

ޝާކިރުބެ ނިޔާވީ އާލާސްކަންފުޅަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ 9:30ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ.

އުމުރުން 85 އަހަރުގައި ނިޔާވި ޝާކިރުބެގެ ކަށުނަމާދު އޮންނާނީ ހުޅުމާލޭ ސަހަރާ މިސްކިތުގައި މެންދުރު ނަމާދަށް ފަހުގަ އެވެ.

ސަރުކާރަށް 35 އަހަރު ހިދުމަތްކޮށްދީފައިވާ ޝާކިރުބެ ވަނީ ދިގު މުއްދަތަކަށް ޓީވީ މޯލްޑިވްސްގައި ވެސް ވަޒީފާ އަދާކުރައްވާފަ އެވެ. ޝާކިރުބެ ވަނީ ޓީވީއެމުން އުފެއްދި ފިލްމުތަކާއި އަމިއްލަ ގިނަ އުފެއްދުންތަކުން ފެނިގެން ގޮސްފަ އެވެ.