Last Updated: April 28, 13:39
Sunday, April 28, 2024
ޚަބަރު

ގައުމީ ތާރީޙު ދުވަހަށް ފޯރަމެއް ބާއްވަނީ

މިއަދު ފާހަގަ ކުރަމުން އަންނަ ގައުމީ ތާރީޚު ދުވަހާ ގުޅުވައިގެން ދިވެހި ބަހުގެ އެކެޑަމީން މިރޭ ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

މި ފޯރަމުގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި ޝެއިޚް އިބްރާހިމް އަހުމަދު ވާހަކަ ދައްކަވާނެ އެވެ. އެއަށް ފަހު ޕެނަލް ޑިސްކަޝަނެއް އޮންނާނެ އެވެ. މި ޕެނަލް ޑިސްކަޝަންގައި ޝެއިޚް އިބްރާހީމާއި، އައްބާސް އިބްރާހީމާއި، އެމްއެންޑީއެފް ރިޓަޔާޑް ޖައުފަރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ގައުމީ ޔުނިވަސިޓީގައި ފޯރަމް ފަށާނީ މިރޭ 8:30 ގަ އެވެ.

ގައުމީ ތާރީހު ދުވަހިގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 27 އެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ތާރީޚާއި ސަގާފަތާއި އާދަކާދަ އަށް ލޯބިިކުރާ ދިވެހި ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތަށް ހުރުމަތްތެރިކޮށް ހިތަން ދަންނަ މުޖުތަމައުއެއް ބިނާކުރުމެވެ.

ގައުމީ ތާރީހު ދުވަސް ނިސްބަތްވަނީ ދިވެހި ތާރީޚު އެންމެ ފުރަތަމަ ފަހަރަށް ލިޔުއްވި ލިޔުންތެރިޔާ ހަސަން ތާޖުއްދީނަށެވެ. ހަސަން ތާޖުއްދީން އަވަހާރަވީ ފެބްރުއަރީ 27، 1727 ގަ އެވެ.