Last Updated: June 13, 11:32
Saturday, June 13, 2026
ޚަބަރު

އައްޑޫ ޕަބްލިކް ވޯކްސް އަށް ތެޔޮ ހޯދަން ބީލަމަށް

އައްޑޫ ޕަބްލިކް ވޯކްސް ޔުނިޓްގެ ވެހިކަލްތަކަށް ބޭނުންވާ ޑީސަލް އަހަރު ދުވަހަށް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީވާނީ އެ ކުންފުންޏެއްގެ ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލަށް [email protected] ފޮނުވައިގެންނެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަން އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ.