ކުޑަކުއްޖަކާ ބެހުނު މީހަކު 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވީ މީގެ ހަތަރު އަހަރު ކުރިން ހައްޔަރުކުރި ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިންގެ މައްޗަށެވެ.
ކުއްޖާއާ ބެހުނު މައްސަލާގައި ތިން ދައުވާއެއް އުފުލި އެވެ. އެއީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން އެ މީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ޒާހިން އަށް 18 އަހަރުގެ ޖަލު ހުކުމެއް އައީ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އިއްވީ 15 އަހަރުގެ ޖަލު ހުމާއި ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމާ އެކީގަ އެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އިއްވޯ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.