ރޯދަ މަހުގެ ފަހު 10 ގައި އައިޑީ ކާޑު ދޫކުރާނީ ތިން ދުވަހެއްގައި ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން ހާމަކޮށްފިއެވެ.
ޑީއެންއާރްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރޯދަ މަހު ރަސްމީ ދުވަސްތަކުގައި އައިޑީ ކާޑު ދޫކުރާނީ ހެނދުނު 09:15 އިން 11:30 އަށް ކަމަށެވެ. އަދި ކޮންމެ ދުވަހަކަށްވެސް ދޫކުރާނީ 150 ނަންބަރު ކަމަށާއި ނަންބަރު ދޫޚުރާނީ ކިއުބީން ކަމަށެވެ.
މީގެއިތުރުން ރޯދަ މަހުގެ ފަހު 10 ގައި އައިޑީ ކާޑު ދޫކުރާނީ އޭޕްރިލް މަހުގެ 1، 3 އަދި 8 ވަނަ ދުވަހު ހެނދުނު 09:15 އިން 11:30 އަށް ކަމަށް ވެސް ޑިއެންއާރްއިން މައުލޫމާތު ދީފައިވެއެވެ.
ޑީއެންއާރްއިން ބުނެފައިވަނީ އައިޑީ ކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާއި ހަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓީއާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށެވެ.
މި ގަޑިތަކުގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ޑީއެންއާރްގެ ނަންބަރު 7280368 އަށް ގުޅުމުން ހިދުމަތް ދެވޭނެ ކަމަށެވެ.