Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ހުޅުމާޅޭގައި އިތުރު ހޮސްޕިޓަލެއް އަޅަން ޖެހޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލުއަށް އިތުރު ހޮސްޕިޓަލެއް ބޭނުންވާ ކަމަށާއި އަދި ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ވެސް މަތިކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ހުޅުމާލޭގައި ސިއްހީ ހިދުމަތް ލިބިގަތުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް، އައިޖީއެމްއެޗް، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރު ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު ހުޅުމާލެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް ވެސް އަޅަން ޖެހޭކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތަކެއްވެސް ކުރަމުންދާކަމަށެވ.