ހިންދީ ފިލްމެއް ނުކުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އިންޑިއާގެ މަޝްހޫރު ތަރި ރަޖްނީކާންތު ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
އޭނަގެ ސޮއިކުރީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމަކަށެވެ. މިކަން މިއަދު އިއުލާންކުރި ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި ރަޖްނީކާންތުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 9 ގައި ރިލީޒްކުރި "ލާލް ސަލާމް" އެވެ. އޭނަގެ އެކްސްޓެޑް ކެމިއޯއެއް ހިމެނޭ މި ފިލްމަކީ ދަރިފުޅު އައިޝްވާރިއާ ޑައިރެކްޓްކުރި ސްޕޯޓްސް އެކްޝަން ފިލްމެކެވެ. އާންމުކޮށް ތަމަޅަ ފިލްމު ކުޅޭ ރަޖްނީކާންތު ލީޑުން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީކޮށް، ބޮޑު ތަރުހީބެއް ލިބުނުޖ "ޖެއިލާ" އެވެ.
ވަރަށް ގިނަ ދުވަސް ފަހުން އޭނަ ބޮލީވުޑްގެ ފިލްމަކަށް ސޮއިކުރި 80 އާއި 90 ގެ ތެރޭގައި ކާމިޔާބު ހިންދީ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ޖޯން ޖާނީ ޖަނާދަން"، "ހަމް"، "ގިރިފްދާރު" އަދި "ޗަލްބާޒް" ފަދަ ފިލްމުތައް ހިމެނެ އެވެ.