Last Updated: May 1, 00:08
Tuesday, April 30, 2024
ޚަބަރު

ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދިއްޖެ

ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން ބުނީ އެ ބަލީގެ ކޭސްތައް އިތުރުވާތީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އާންމުން އެޅުމަކީ ވަރަށް މުހިއްމު ކަމަށެވެ. މިއީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ފާނަބަސަންދުގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ އެއްޗެއް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ފާނަބަސަންދުގެ އިތުރު އާލާމާތްތަކުގެ ކާހިތް ނުވުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރަށް ތަދުވުން، ބަނޑުގައި ރިއްސުން
ފަދަ ކަންކަން ހިމެނެ އެވެ.

މި ބަލި ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ގެއިން ބޭރަށް ނުދިޔުމަށާއި ވެކްސިން ނުޖަ ހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ކުރިން ފާނަބަސަންދު ޖެހިފައި ނުވާ ނަމަ ބަލި ޖެހުމުގެ ފުރުސަތު އެ މީހަކަށް އޮންނާނެ އެވެ.