Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ނީނާ" މީޑިއާނެޓްގެ ވީޑިއޯ ކުލަބަށް

މިދިޔަ އަހަރު އޮލިމްޕަހަށް ގެނައި އައި ފިލްމްސްގެ ކްރައިމް ތުރިލާ "ނީނާ" އަންނަ މަހު މީޑިއާގެ ނެޓްގެ ވީޑިއޯ ކުލަބުން ޕްރީމިއާކުރަން ނިންމައިފި އެވެ.

އެ ފިލްމުގެ ޑިޖިޓަލް ޕްރީމިއާ ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 8 އަށެވެ. މިއީ ސިނަމާގައި "ނީނާ" ބަލަން ފުރުސަތު ނުލިބުނު މީހުންނަށާއި އަލުން ފިލްމު ބަލާލަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.

މިދިޔަ އަހަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ޑައިރެކްޝަނެވެ. "ނީނާ" ގެ ޓައިޓްލް ރޯލު ކުޅުނީ އޭނަގެ އަލަތު ފިލްމު 2019 ގެ "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

ލ. އަތޮޅުގައި ބޮޑު ބައި ޝޫޓްކުރި މި ފިލްމުގެ އިތުރު ކާސްޓުުންގެ ތެރޭގައި ޝަރަފު އަބްދުﷲ، ހަމްދާން ފާރޫގް، މަރިޔަމް ޝަކީލާ، ނަތާޝާ ޖަލީލު އަދި މަރިޔަމް ރަޝީދާ ހިމެނެ އެވެ.

އައި ފިލްމްސްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 އިން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.