ފްރާންސްގެ މަޝްހޫރު ފިލްމީ ތަރިއެއްގެ ގެއިން ހިނަ އަދަދެއްގެ ގެއިން ގިނަ ހަތިޔާރު ފެނުނު މައްސަލައެއް ތަހުގީހު ކުރަން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައި ގޮތުގައި ހަތިޔާރުތައް ފެނުނީ އެލައިން ޑިލޯން، 88، ގެ ގެއިންނެވެ. އެގޮތުން އޭނަގެ ގެއިން 72 ބަޑި އާއި 3،000 އަށް ވުރެ ގިނަ ވަޒަން ފެނިފައިވެ އެވެ. އަދި ގޭގައި ހަތިޔާރުތައް ބޭނުން ކުރަން ހާއްސަ ތަނެއް ވެސް ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުއްދައެއް ނެތި ހަތިޔާރު ހޯދައި އެ ތަކެތި ގެންގުޅުނު މައްސަލަ މިހާރު އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. މި ތަކެތި ގެންގުޅުނު އެކްޓަރަކީ ފްރާންސްގެ އެންމެ ނުފޫޒު ގަދަ އެއް ތަރި އެވެ. ޑިލޯން ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދަ ސަމުރާއީ"، "ބޮރްސަލިނޯ"، "ޕާޕަލް ނޫން"، "ރޮކޯ އެންޑް ހިޒް ބްރަދާސް" އަދި "ދަ ލެޕަޑް" ފަދަ ފިލްމުތައް ހިމެނެ އެވެ.
ފުލުހުން ބުުނީ އޭނަ ގެއިން ހަތިޔާރު ފެނުނީ ފިނަ އަދަދެއްގެ ހަފިޔާރު ގެންގުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އިއްޔެ ބަލައި ފާސްކުރަނިކޮށް ކަމަށެވެ.
ހަތަރު ކުދިންގެ ބައްޕަ ޑިލޯންގެ ގެއިން ހަތިޔާރުތައް ފެނުނު އިރު، 2019 ގައި ސްޓްރޯކެއް ޖެހުނު ފަހުން އޭނަގެ ސިއްހީ ހާލަތު މާ ރަނގަޅު ނޫން ކަމަށްނ ރިޕޯޓްތައް ބުނެ އެވެ.