Last Updated: April 29, 22:11
Tuesday, April 30, 2024
ޚަބަރު

ރޯދަމަހު ފަހު 10 ގައި އެމްއެމްއޭގެ ޚިދުމަތް 4 ދުވަހު

އެމްއެމްއޭ - ފޮޓޯ: ސަން

މިއަހަރުގެ ރޯދަ މަހު ފަހު ދިހައެއްގައި އެމްއެމްއޭގެ ޚިދުމަތް ދޭނީ 4 ދުވަހެއްގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ކުރި އިއުލާނުގައި ބުނީ، ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަނދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، އާންމުންނާއި ބޭންކުތަކަށް ޚިދުމަތް ދިނުމަށް އެމްއެމްއޭ 4 ދުވަހެއްގައި ޚިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ދުވަސްތަކުގައި ޚިދުމަތް ދޭނީ، ރޯދަ މަހުގެ އެހެން ދުވަސްތަކުގައިވެސް ޚިދުމަތް ދޭ ގަޑި ކަމަށްވާ ހެނދުނު 9:00 އިން މެނދުރުފަހު 1:00 އަށެވެ.

ފަހު 10 އެއްގައި ޚިދުމަތް ދޭނީ

  • 31 މާރިޗު 2024(އާދީއްތަ)
  • 1 އެޕްރީލް 2024(ހޯމަ)
  • 7 އެޕްރީލް 2024(އާދީއްތަ)
  • 8 އެޕްރީލް 2024(ހޯމަ)

އެމްއެމްއޭއިން ރޯދަ މަހުގެ ފަހު 10 ގައި މި ދުވަސްތަކުގައި ޚިދުމަތް ދިން ނަމަވެސް، ރަމަޟާން މަހުގެ 2 އިން 19 ވަނަ ދުވަހާއި ހަމައަށް އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ޚިދުމަތް ދޭނީ ހެނދުނު 9:00 އިން 1:00 އަށެވެ.

މި ދުވަސްތަކުގައި ފައިސާ ބަލައިގަތުމާއި އަދި ދޫކުރުމުގެ ޚިދުމަތް ދޭނީ، ހެނދުނު 9:30 އިން ފެށިގެން 12:00 އަށެވެ. އަދި އެދުވަސްތަކުގައިވެސް ބޭންކިން ޚިދުމަތް ދޭނީ މިހާރެކޭ އެއްގޮތަށް އެޕއޮިންޓްމެންޓް އުސޫލުން ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަނދު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެއާއި އެގޮތަށް ސަރުކާރު އެ ދުވަސްތަކުގައި ބަނދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.