Last Updated: April 29, 10:00
Monday, April 29, 2024
ދުނިޔެ

އެޕަލްގެ ކާރު ޕްރޮޖެކްޓް ހުއްޓާލައިފި!

އައިފޯން އުފައްދާ އެޕަލް އިން އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދަން ކުރިއަށް ގެންދަން ނިންމާފައި އޮތް ޕްރޮޖެކްޓް ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނިން އެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމީ 10 އަހަރު ވަންދެން އީވީ އުފެއްދުމާ ގުޅޭ ޕްލޭންތަކެއް ގެންގުޅުމަށް ފަހު އެވެ. އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަން ތައްޔާރުވަމުން އަންނަ ވާހަކަ އެންމެ ބޮޑަށް މީޑިއާތަކުގައި ދެކެވުނީ 2021 ގެ ތެރޭގަ އެވެ. އެގޮތުން 2024-2025 ހިސާބުގައި އެޕަލް އިން ސެލްފް-ޑްރައިވިން އީވީ ނެރޭނެކަމުގެ ވާހަކަތައް ދެކެވުނެވެ.

އެޕަލް އިން އީވީ ޕްރޮޖެކްޓަށް ޖަޕާންގެ ނީސާން އާއި ދެކުނު ކޮރެއާގެ ހިއުންޑައިގެ އެހީތެރިކަންސް ހޯދަން ހުށަހެޅިކަމުގެ ވާހަަތަކެއް މީޑިއާތަކުގައި ކުރިން ދެކެވިފައިވެ އެވެ.

ނަމަވެސް މިއަދު ވަރަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީވީ އުފެއްދުމުގެ ހިޔާލު އެޕަލް އިން ވަނީ މިހާރު އެއްކޮށް ދޫކޮށްލައިފަ އެވެ. އަދި އެ ޕްރޮޖެކްޓްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑިވިޝަނަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ އީވީ އުފެއްދުމުގެ ވާހަކަ އެޕަލް އިން ރަސްމީ ސިފައެއްގައި ދައްކާފައި ނެތްކަމެވެ.

އީވީ ޕްރޮޖެކްޓް އެޕަލް އިން ކެންސަލްކުރި އިރު، އެ ކުންފުނިން ފަތްޖެހޭ ފޯނު ނެރެން މަސައްކަތް ކުރަމުން އަންނަ ވާހަކަ އަކީ ވެސް 2018 އިން ފެށިގެން ދެކެވެމުން އަންނަ ވާހަކައެކެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ކުންފުނި އޮތީ ހިމޭނުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެޕަލްގެ އަމާޒަކީ 2026 ގައި އިންގިލާބީ ބަދަލެއް ގެނުވާނެ ފަތްޖެހޭ ފޯނު މާކެޓަށް ނެރުމެވެ.