Last Updated: April 30, 06:17
Tuesday, April 30, 2024
ޚަބަރު

ހުވަދު އަތޮޅާއި ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފި

ކަނޑުގަދަ ދުވަހެއްގައި ފުލުހުންގެ ލޯންޗެއް --

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ހުވަދު އަތޮޅާއި ފުވައްމުލައްއަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މި ދެ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ، މިރޭ 7:15 އިން ފެށިގެން 11:00 ޖެހުމާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވަނީ މީގެ ސަބަބުން ބޯކޯ ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ އިދާރާއިން މި ދެ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މިއަދު އިރުއޮއްސި 6:00 އިން 11:00 ޖެހުމާއި ހަމައަށް ލ. އަތޮޅުން ދެކުނަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

އާންމުކޮށް މިގޮތަށް އެލާޓް ނެރެފައިވާ ގަޑިތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކާއި އަދި އެހެންވެސް ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.