މޯލްޑިވްސް ޒަކާތު ހައުސްގެ ޓީމެއް މިއަދު އައްޑު އަށް އަތުވެއްޖެ އެވެ.
އެތަނުގެ ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވާ މި ދަތުރަކީ އަންނަ މަހުގެ 2 އާ ހަމައަށް ޒަކާތަށް ހޭލުންތެރިކުރުވުމަށް ކުރާ ދަތުރެކެވެ. އެގޮތުން ހިތަދު އާއި މަރަދޫފޭދޫގެ އިތުރުން ހުޅުމީދޫގައި ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހިފައިވެ އެވެ.
މި މަހުގެ ތެރޭގައި ޒަކާތު ހައުސްގެ ޓީމެއް ބޮޑުތިލަދުންމައްޗަށް ވެސް ދަތުރެއްކޮށް، ޒަކާތާ ގުޅުން ހުރި ތަފާތު ޕްރޮގްރާމްތައް ހިންގާފައިވެ އެވެ.