Last Updated: April 29, 09:49
Monday, April 29, 2024
ދުނިޔެ

ޑޮކްޓަރުންނަށް ދެކުނު ކޮރެއާ އިން އިންޒާރު

ދެކުނުގެ ކޮރެއާގައި ޑޮކްޓަރުން މަދުކަމުން ސިއްހީ ދާއިރާ އަށް ދިމާވެފައިވާ މައްސަލަތަކާ ހެދި ޑޮކްޓަރުން ހަޅުތާލުކުރަމުން ދަނިކޮށް އިންޒާރު ދީފި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދެކުނު ކޮރެއާގައި ގިނަ އަދަދެއްގެ ޑޮކްޓަރުން އިސްތިއުފާ ވެސް ދީ ހަޅުތާލު ކުރަމުންދާ އިރު، އޭގައ ބައިވެރިވާ ޖޫނިއާ ޑޮކްޓަރުން އަނބުރާ މަސައްކަތަށް ނުކުތުމަށް ސަރުކާރުން ވަނީ އަންގައިފަ އެވެ. އަދި އެގޮތަށް އަމަލު ނުކުރާ ނަމަ، ލައިސަންސް ބާތިލުކުރާނެކަމުގެ އިންޒާރު ޑޮކްޓަރުންނަށް ދީފައިވެ އެވެ.

ޑޮކްޓަރުންގެ ހަޅުތާލާ ގުޅިގެން ދެކުނު ކޮރެއާގެ ހޮސްޕިޓަލްތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި، ސިއްހީ ދާއިރާ އަށް ވަރަށް ބޮޑު ގޮންޖެހުމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ޑޮކްޓަރުން ހަޅުތާލަށް ނުކުތީ ދެކުނު ކޮރެއާގައި ޑޮކްޓަރުންގެ އަދަދު މަދުކަމުން، އެކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަން ގޮވާލަ އެވެ. އެގޮތުން ޑޮކްޓަރުކަން ކިޔަވަން މެޑިކަލް ސްކޫލްތަކުން ވީހާ ވެސް ގިނަ ޒުވާނުންނަށް ފުރުސަތު ފަހިކޮށް ދޭން ސަރުކާރަށް ގޮވާލާފައިވެ އެވެ.

ދެކުނު ކޮރެއާ އަކީ އޯގަނައިޒޭޝަން ފޯ އިކޮނިމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ޑޮކްޓަރުން އެންމެ މަދު އެއް ގައުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ކޮންމެ 1،000 މީހަކަށް ތިބެނީ 2.5 ޑޮކްޓަރުންނެވެ. މިއީ މި ނިސްބަތް މެކްސިކޯ ފިޔަވައި ދެވަނަ އަށް އެންމެ ދަށް ގައުމެވެ.