Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ސޮނާކްޝީ އަށް އާ ޑައިރެކްޓަރެއްގެ ފިލްމެއް

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އާ ޑައިރެކްޓަރެއްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިކަން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނަ ބުނީ މިއީ އަލަށް ޑައިރެކްޝަނަށް ނުކުތް ކަރަން ރަވަލް ޑައިރެކްޓްކޮށް، ވިޝާލް ރާނާ ޕްރޮޑިއުސްކުރާ ރޮމޭންޓިކް ތުރިލާއެއް ކަމަށެވެ. ނަމަވެސް ފިލްމުގެ ނަން އިއުލާންކޮށްފައެއް ނުވެ އެވެ.

ސޮނާކްޝީ ބުނީ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ސަލްމާން ޚާނާ އެކީ 2010 ގެ "ދަބަންގް" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ ފިތުރު އީދަށް ތާވަލުކޮށްފައިވާ އޮތް "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި އަކްޝޭ ކުމާރު، ޓައިގާ ޝްރޮފް. މަނޫޝީ ޗިލާރް، އަލާޔާ ފަރްނީޗަރުވާލާ އަދި ޕްރިތުވީރާޖް ސުކްމަރަން ހިމެނެ އެވެ.

ސޮނާކްޝީ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2022 ގެ "ޑަބަލް އެކްސްއެލް" އެވެ.

މިދިޔަ އަހަރު އެމެޒޯންގެ ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދާހަޅް" ގައި ވެސް ހިމެނޭ ބަތަލާ އަކީ ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސް އަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ" ގެ އެއް ތަރި އެވެ.