Last Updated: April 28, 13:21
Sunday, April 28, 2024
ޚަބަރު

ޕީޖީ ޝަމީމުގެ އަތުލިޔުން ފޮންޓަކަށް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އަތުލިޔުން ފޮންޓެއްގެ ގޮތުގައި ނެރެފި އެވެ.

"މަގޭ ހުސޭނު" ގެ ނަން ދީފައިވާ މި ފޮންޓު ނެރުނީ އިއްޔެ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ޝަމީމް ވިދާޅުވީ މިއީ އޭނަގެ އަތުލިޔުން ފޮންޓަކީ 100 ޕަސެންޓް ޚާލިސް ދިވެހި އުފެއްދުމަކަށް ވުމަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމަށެވެ. އެގޮތުން ފޮންޓު ޑިޒައިން ކުރުމުން ފެށިގެން ގޮސް، ކުރެހުމާއި، ޑިޖިޓަލް މަސައްކަތްތަކަކީ ވެސް ދިވެހި މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، އުންމީދަކީ ރާއްޖޭގެ ސަރުކާރުތަކުން މިފަދަ ދިވެހި އުފެއްދުންތަކަށް ޚާއްސަ ބްރޭންޑު ނަމެއް ނުވަތަ "ރިކޮގްނިޝަނެއް" އޮތުން ކަމަށެވެ.

"މަގޭ ހުސޭނު" ފޮންޓާ ގުޅޭ ވަރަށް ގިނަ ވާހަތައް އޭނަގެ ބްލޮގް hushameem.com/blogs/mageyhuseynu ގައި ވެސް ހިމަނާފައިވެ އެވެ.

އޭގައިވާ ގޮތުން ފޮންޓަށް "މަގޭ ހުސޭނު" ކިޔާފައި ވަނީ ޝަމީމުގެ މަންމަގެ 10 ކުދިންގެ 8 ވަނަ އަށް ހުރި ޝަމީމަށް ދެއްވި ހާއްސަ ކަމެއްގެ ސަބަބުންނެވެ. އެގޮތުން އެހެން އެއްވެސް ކުއްޖެއްގެ ނަމުގެ ކުރިއަށް ނަން އިތުރެއްގެ ގޮތުގައި "މަގޭ" ލައިގެން މަންމަ ވާހަކައެއް ނުދައްކަވާ ކަމަށާއި އެކަމަކު އޭނަ އަކީ މަންމަގެ ."މަގޭ ހުސޭނު" ކަމަށް ވިދާޅުވި އެވެ.